ވިޔަފާރި

ސިލްކް އެއާއިން ރާއްޖެއަށް ބާއްވާ ފްލައިޓް އިތުރު ކުރަނީ

ސިލްކް އެއާ އިން އަންނަ މާޗް މަހުން ފެށިގެން ރާއްޖެއަށް ބާއްވާ ފްލައިޓުގެ އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ސިލްކް އެއާގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަން ނިންމާފައިވަނީ މާޗް މަހުގެ 27 އިން ފެށިގެން ކަމަށެވެ. އަދި މި ދަތުރުތައް އިތުރު ކުރުމާއެކު ހަފުތާއަކު ބާއްވާ ފްލައިޓުގެ އަދަދު 18 އަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސިލްކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ސިންގަޕޫރު އެއާލައިންސްއާއެކު ކޮންބައިން ފްލައިޓްތަކެއް ރާއްޖެއަށް ބާއްވަމުން ގެންގާ ސިލްކް އެއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރެ އެވެ.

ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާއިރު، މިދިޔަ އަހަރު ދެ ފްލައިޓެއްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.