ހަބަރު

ކޯޓު އަމުރަށް އިހްތިރާމް ކުރަން އެމެރިކާ ގޮވާލައިފި

އެކި ހުކުމްތައް ކޮށް ޖަލަށްލާފައި ތިބި ސިޔާސީ ބައެއް ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަންކޮށް އެ މައްސަލަތައް އަލުން ބަލަން ކުރި އަމުރަށް ދިވެހި ސަރުކާރާއިސަަލާމަތީ ބާރުތަކުން އިހުތިރާމްކުރަން އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރަށް މަރުހަވާ ވިދާޅުވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ޑިމޮކްރަސީ އާއި ގާނޫނީ ހުކޫމަތު ފައްކާކޮށްދޭ އެ ރޫލިން އަށް އިހުތިރާމް ކުރުމަށް ސަރުކާރަށާައި ސަލާމަތީ ބާރުތަކަށް ގޮވާލަން،" އަތުލް ކެޝަޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެެއެވެ.

ސުޕްރީމް ކޯޓުން މިރޭ ވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފަ އެވެ. އަދި ހުރިހާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް އަންގާފަ އެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ތަންފީޒުކުރަން ފަށާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ އެކަން ކުރަން ފަށާފަ އެވެ.