ވިޔަފާރި

200 އަށްވުރެ ގިނަ ބައިވެރިންނާއެކު މާކެޓާސް ފޯރަމް ފަށައިފި

Feb 3, 2018

ދުއިސައްތަ އަށްވުރެ ގިނަ ބައިވެރިންނާއެކު މޯލްޑިވްސް މާކެޓާސް ފޯރަމް، ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ފަށައިިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި މާކެޓިންގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވެ އެވެ.

ތިން ބަޔަކަށް ބަހާލާފައިވާ މި ފޯރަމްގައި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާ ކުރުން ވެސް އޮންނާނެ އެވެ. ފޯރަމް ބަހާލާފައި ވަނީ މާކެޓް ކުރުމުގެ އުސޫލުތަކާއި ޓެކްނޮލޮޖީ އަދި ސައިކޮލޮޖީ ފަދަ ބައިތަކަށެވެ.

މައުލޫމާތު ދިނުމަށް ރާއްޖެ އާއި ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކެއް ވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ތަޖުރިބާކާރަކާއި ކޮލަމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ބޭފުޅަކު ހިމެނެ އެވެ.

މާކެޓާސް ފޯރަމް ސްޕޮންސާއަކީ އެމްޓީސީސީ އެވެ. އަދި ކޯ-ސްޕޮންސާއަކީ ވީއޭއެމްކޯ އާއި އެސްޓީއޯ އަދި އެމްސެވަން އެވެ. އަދި އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ސިންފަނީ އެވެ. ކޮފީ ޕާޓްނަރުންނަކީ މެރާކް ކޮފީ އާއި ކަމްޕާ ސެންޓްރަލް އެވެ.