ދުނިޔެ

ގައުމު އެއްބައިވަންތަކުރުމުގެ ވައުދާ އެކު ކެމަރަން އަލުން ވެރިކަމަށް

May 8, 2015

ކުރިން ހީކުރެވިފައި ނުވާ ވަރުގެ ބޮޑު އަޣުލަބިއްޔަތަކާ އެކު އިނގިރޭސި ވިލާތުގެ ކޮންޒަވެޓިވް ޕާޓީ އާންމު އިންތިހާބުގައި ކުރި ހޯދައި މިހާރުުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އަށް ދެ ވަނަ ދައުރެއް ކަށަވަރުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ 331 ގޮނޑި ކެމެރަންގެ ޕާޓީ އަށް ލިބިފައި ވާއިރު މިއީ އަޣުލަބިއްޔަތަށް ވުރެ ފަސް ގޮނޑި އިތުރު އަދަދެކެވެ. މިއީ ސަރުކާރެއް އެކުލަވާލަން އެހެން ޕާޓީއަކާ އެކު އިއްތިހާދެއް ހަދަން ނުޖެހޭނެ ނަތީޖާއެކެވެ. އަދި މިއީ 1992 ވަނަ އަހަރުގެ ފަހުން ކޮންޒަވެޓިވް ޕާޓީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ހައިރާންކަން ލިބުނު ކާމިޔާބީ އަށް ފަހު ރަސްމީ ގެކޮޅަށް ވަޑައިގެން ދެއްވި ބަޔާނުގައި ކެމެރަން ވިދާޅުވީ އިނގިރޭސި ވިލާތް މިހާރު މި އޮތީ "ވަރަށް ހާއްސަ ކަމެއްގެ ކުރިމަތީގައި" ކަމަށެވެ. އަދި ގައުމު އެއްބައިވަންތަކޮށް، އެންމެން އެކުގައި ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކެމެރަން ވިދާޅުވީ އޭނާއާ އެކު އިއްތިހާދުވެ ވެރިކަން ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި ސިޔާސީ ލީޑަރުންނަށް ޝުކުރު އަދާކުރައްވާފައި ވާނެ ކަމަށެވެ.

އިންތިހާބުގެ ނަތީޖާ ލަފާކުރި ގޮތާ ހިލާފަށް ނިކުތުމާ ގުޅިގެން މިނިވަން ކޮމިޝަނަކުން، ވޯޓުގެ ކަންކަން ތަހުގީގުކުރަން ނިންމާފައިވެ އެވެ.