ބޮލީވުޑް

ދިޕިކާއަށް ރަންވީރުގެ ތައުރީފް

May 9, 2015

އިއްޔެ ރިލީޒްކުރި ފިލްމު "ޕީކޫ" ގައި ދިޕިކާ ޕަދުކޯން ދައްކުވައިދީފައިވާ އެކްޓިން އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ވެސް ދައްކުވައިދީފައިވާ އެންމެ މޮޅު އެކްޓިން ކަމަށް ދިޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންވީރު ސިންގް ބުނެފި އެވެ.

މިފިލްމު ރިލީޒްކުރުމުގެ ކުރިން 7 މޭ ގައި ބޮލީވުޑްގެ ތަރިންނަށް ބޭއްވީ ހާއްސަ ސްކްރީނިން އަށްފަހު ރަންވީރު ކުރި ޓްވީޓެއްގަިއ ބުނެފައިވަނީ، އަމީތާބް ބައްޗަން އާއި އިރްފާން ޚާން ދައްކުވައިދީފައިވަނީ އަޖައިބެއްފަދަ މޮޅު އެކްޓިންއެއް ކަމަށެވެ. ފިލްމްގެ ބަތަލާ އަދި އޭނާގެ ލޯބިވެރިޔާ ދިޕިކާ އަށް ތައުރީފު ކުރަމުން ބުނެފައި ވަނީ މިއީ އޭނާގެ ކެރިއަރުގައިވެސް ކުޅެފައިވާ އެންމެ މޮޅު ރޯލްކަމަށެވެ، އިތުރަށް ތައުރީފް ކުރަމުން ރަންވާިރު ބުނީ މިއީ އޭނާ ވަކިކޮޅަކަށް ޖެހިގެން ހުރެ ބުނާ އެއްޗެއް ނޫންކަމަށެވެ.

އޭގެކުރިން ޓްވީޓެއްގައި ރަންވީރު ވަނީ މިފިލްމުގެ މޮޅުކަމަށް ތައުރީފުކޮށް، ޑައިރެކްޓަރު ސުޖިތް ސިރްކާރް އަދި މިފިލްމުގެ ވާހަކަ ލިޔުނު ޖޫހީ ޗަތުރްވެދީގެ މަސައްކަތްތުގެ ފުރިހަމަކަމަށްވެސް ތައުރީފުކޮށްފަ އެވެ.

އިއްޔެ ދިޕިކާ ބައިވެރިވި ޕްރެސްކޮންފަރެންސް އެއްގައި ރަންވީރު ކުރި ޓްވީޓަށް ރިއެކްޓް ކުރާނީ ކިހިނެއްތޯ އެހުމުން ހިނގަނޑެއް ޖަހާލާފައި ދިޕިކާ ބުނީ، އެޓްވީޓްވެސް ބަލައިގަތީ އެޓްވީޓް އެފަދަ އެތައް ސަތޭކް މީހުން ކުރިޔަސްވެސް ބަލައިގަންނަ ގޮތަށް ކަމަށެވެ.އެހެންކަމުން އެމީހުންނާ ބެހޭގޮތުން ވެސް އަހަންޖެހޭނެކަމަށްވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

ރަންވީރުގެ އިތުރުން ވެސް ގިނަ ބޮލީވުޑްގެ ތަރިންތަކެއް އަންނަނީ މިފިލްމުގެ މޮޅު ކަމަށް ތައުރީފުކުރަމުންނެވެ. މިފިލްމު ބެލުމަށްފަހު ގިނަ ތަރިންތަކެއް ޓްވިޓާގައި ބުނެފައިވަނީ ފިލްމުގެ ތަރިންކަމުގައިވާ އަމީތާބް، އިރްފާން އަދި ދިޕިކާ ދައްކުވައިދީފައިވާ އެކްޓިން ވަރަށް މޮޅުކަމަށާއި، އިހްސާސްތައް ގެނެސްދީފައިވާލެއް ވަރަށް ފުރިހަމަކަމަށެވެ.

މުސްކުޅި ބައްޕަ އަކު ބަލަހައްޓާ މިޒަމާނުގެ އަންހެން ކުއްޖެއްގެ ރޯލުން ފެނިގެންދަނީ ދިޕިކާ އެވެ. މިއީ ބައްޕަ އަކާއި އަންހެން ދަރިއެއްގެ ގުޅުމާއި ބެހޭގޮތުން އުފައްދާފައިވާ ފިލްމެކެވެ.