1 ފެބުރުއަރީގެ އަމުރު

މީހުން މާލެ އައުމަށް އަދާލަތުންވެސް ގޮވާލައިފި

ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލުމުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް މާލެއަށް ރަށްރަށުން މީހުން އައުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ޝަރީއަތުން ބަލާ އެންމެހައި މައްސަލަތަކުގެ ފަހުގެ ބަސް ބުނާ ބަޔަކޯ ސުޕްރީމް ކޯޓް ކަމަށެވެ. އަދި، ސުޕްރީމް ކޯޓުން އިދިކޮޅު ސިޔާސީ ނުވަ ފަރާތެއް ދޫކޮށްލުމަށް އެދި ފުލުުހުންނާއި ސިފައިންނާއި ސަރުކާރުގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެހެން ކަމުން ސަރުކާރާއި އޭޖީ އަދި ޕީޖީން ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖެހުން ހުއްޓާލައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލައި، އަމުރު ތަންފީޡޒު ކުރުމާއި ދެކޮޅު ހަދަމުންދާ ދިއުން ކުށްވެރި ކުރާ ކަމަށެވެ. އަދި އަމުރު ތަންފީޒުކޮށް ނުވަ ބޭފުޅުން ވަގުތުން ވަގުތައް ދޫކޮށްލުމަށް ަދާލަތުން ވަނީ ގޮވާލާފަ އެވެ.

"ސުޕްރީމް ކޯޓުގެ އަމުރަކީ ތަންފީޒު ކުރުމަށް ސަރުކާރަށް ބާރުއެޅުމަށާއި ދައުލަތުގެ ތެރޭގައި ކަސިޔާރުމަގުން ހިންގަމުންދާ އެންމެހާ ކަންކަން ހަމަ މަަގަށް އެޅުވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުން ވީހާވެސް ގިނަ ރައްޔިތުން މޟާލެ ވަޑައިގެން ސުލްހަވެރިކަމާއެކު އިހްތިޖާޖަށް ނުކުތުމަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.

އެމްޑީޕީ އާއި ޖޭޕީއިން ވެސް ވަނީ މީހުން މާލެ އަށް ޖަމާކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ. އިދިކޮޅު ތިން ޕާާޓީން ގަރާރެއް ފާސްކޮށްފަައިވާއިރު، ޕީޕީއެމްއިން ވަނީ މީހުން މާލެ ނައުމަށް ގޮވާލާފަ އެވެ. އަދި މިއަދު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިދިކޮޅު ޕާޓީތަކުން މީހުން މާލެ ގެނެސް މަގުމަތިކޮށްލާނެ ކަމަށް ވިދާޅުވެ މާލެ މީހުން ނައުމަށް އެދިވަޑައިގެންފަ އެވެ.