1 ފެބުރުއަރީގެ އަމުރު

ޑީޖޭއޭގެ އިސްވެރިޔާގެ ގެ ފާސްކޮށް، ހައްޔަރުކުރަން ހޯދަނީ

Feb 4, 2018
2

ސުޕްރީމް ކޯޓްގެ ދަށުން ހިންގާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިސްވެރިޔާގެ ގެއަށް ފުލުހުން ދޮރު ވައްޓާލައިގެން ވަދެ އޭނާގެ އެޕާޓްމަންޓް ފާސްކޮށް އޭނާ ހައްޔަރުކުރުމަށް ހޯދަމުން އެބަދެ އެވެ.

ހަސަން ސައީދު ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާއަށް ފުލުހުން ވަދެ އެ ގޭގައި އޭނާ ދިރިއުޅުއްވާ ތިން ވަނަ ފަންގިފިލާ ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެ ގެ ފާސްކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއް ފުލުހަށް ހުށަހެޅި ބަލަމުން އަންނާތީ ހެކި ހޯދުން ކަމަށެވެ.

ފުލުހުން ބުނީ ހަސަން ސައީދު އުޅުއްވާ އެޕާޓްމަންޓް ފާސްކުރަނީ ކޯޓް އަމުރެއްގެ ދަށުން އެވެ. އަދި އޭނާ އެ ތުހުމަތުގައި ހައްޔަރު ކުރުމަށް ހޯދަމުން ވެސް އަންނަ ކަމަށް ފުލުހުން ބުންޏެވެ.