1 ފެބުރުއަރީގެ އަމުރު

ފުލުހުން ޑީޖޭއޭގެ އިސްވެރިއަކު ހައްޔަރުކޮށްފި

Feb 4, 2018
7

ސުޕްރީމް ކޯޓްގެ ދަށުން ހިންގާ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިއަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ވެ. އެގޮތުން އެތަނުގެ އައިޓީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ. އަދި އެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ހަސަން ސައީދުގެ މައްޗަށް ފުލުހުންގެ ރިޝްވަތުގެ ތުހުމަތެއް ކޮށް އޭނާ ހައްޔަރު ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުން އެވެ.

އެހެން ނަމަވެސް ހަސަން ސައީދު ފެނިފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ، ހަސަން ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ރިއަލް އެސްޓޭޓް އިމާރާތަކުން ފްލެޓެއް ބައްލަވައިގަންނަން އޭނާ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ތުހުމަތު ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ދެ ބޭފުޅަކަށް ކުރެވޭ ކަމަށާއި އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ އާއިލީ ބޭފުޅަކީ ކޮން ބޭފުޅެއް ކަމެއް ފުލުހުން ނުބުނެ އެވެ.