1 ފެބުރުއަރީގެ އަމުރު

ރާއްޖެ ޓީވީ ބަންދު ކުރަން ޕީޕިއެމްއިން ގޮވާލައިފި

ރާއްޖެ ޓީވީ ބަންދު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ގައުމު މިވަގުތު އޮތް ހާލަތުގައި ރާއްޖެ ޓީވީން މަސައްކަތް ކުރަނީ ފިތުނަ ފަސާދަ އުފައްދަން ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ރާއްޖެ ޓީވީ ބަންދު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"އެހެންވެ މިހާރުން މިހާރަށް ޕީޕިއެމްގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަ ރާއްޖެ ޓީވީ ބަންދު ކުރަން، މި ގައުމުގެ އެއްވެސް ތަނެއްގައި ބައިބައިވުން އުފެދިޔަ ދީގެން ނުވާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް އިތރަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންނާ މުހާތަބުކޮށް ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ރާއްޖެ ޓީވީއިން ދީގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ އިން މިހެން ބުނެފައިވާ އިރު ބްރޯޑްކޮމްގެ މެންބަރަކު ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަދައްކާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ ޓީވީއިން މިކަމާ ގުޅޭ ގޮތުން އެއްޗެއް އަދިއެއް ނުބުނެ އެވެ.