ވިޔަފާރި

މޫވްއެން ޕިކް ކޮފީ: އައި ލަވް ކޮފީ

Feb 6, 2018

ރާއްޖެއަށް ދުނިޔޭގެ އެތައް ބްރޭންޑެއްގެ ގޮފީ ދަނީ އެތެރެ ކުރަމުންނެވެ. މި ބްރޭންޑްތަކުގެ ތެރެއިން "އެންމެ މީރު ކޮފީ" އެއް ދެނެގަތުމަކީ ވަރަށް ދަތި ކަމެކެވެ. ނަމަވެސް މަޝްހޫރު އައިސް ކްރީމް ބްރޭންޑު "މޫވްއެންޕިކް" އިން ރާއްޖެއަށް މިވަނީ ތަފާތު މީރު ކޮފީއެއް ގެނެސްދީފަ އެވެ. މި ކޮފީ ބުއި ގިނަ ބަޔަކު ބުނަނީ "އައިލަވް ކޮފީ" އެވެ.

"އެހެން ބައެއް ކޮފީތަކުގައި ހުރޭ ޒަވި ރަހައެއް. އެކަމަކު މި ކޮފީ [މޫވްއެންޕިކް ކޮފީ] ތަފާތު. ހިތް ގައިމު ހިތްހަމަ ޖެހޭ ރަހައެއް މީގައި އެބަހުރި،" މޫވްއެންޕިކްގައި ކޮފީއެއް ހިފައިގެން ހުރި އަހުމަދު މޫސާގެ ހިޔާލަކީ މިއީ އެވެ.

ކޮފީގެ ރަހައަކީ ކޮބައިކަން ބުނެ ދޭން ނޭނގިދާނެ އެވެ. ނަމަވެސް ކޮފީއިން ލިބޭ ހިތްހަމަޖެހުން އިހުސާސް ކުރެވޭނެ އެވެ. ކޮފީއަކީ ސިކުނޑި އަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.

އަބަދަށް ފެހި މަގުގައި ހުންނަ މޫވެންޕިކް ރެސްޓޯރެންޓުގައި މި ކޮފީގެ އެތަށް ރަހައެއް ލިބެން ހުރެ އެވެ. މީގެތެރޭގައި އައިސް ކަޕަޗީނޯ އިން ފެށިގެން ތަފާތު އެކި ފްލޭވާތައް ހިމެނެ އެވެ. އަދި އާއްމުކޮށް ގިނަ ބަޔަކު ބޯ އެސްޕްރެސޯގެ ސިންގަލް އާއި ޑަބަލް ޝޮޓް ވެސް ހިމެނެ އެވެ.

މޫވްއެންޕިކް ފައިން ފުޑް އިން ނެރެފައިވާ މި ކޮފީގެ ގިނަ ރަހަ ރާއްޖޭން މިހާރު ލިބެން އެބަހުއްޓެވެ. މީގެތެރޭގައި ހަމައެކަނި ހުރީ ކޮފީ ބީންސް އާއި ކެޕްސޫލް އެކަންޏެއްވެސް ނޫނެވެ. ކުރިއަށް އޮތްތަނުގައި ކޮފީ މެޝިން ވެސް ރާއްޖޭން ލިބޭނެ ގޮތް ހަމަަޖައްސާނެ އެވެ. ސުވާލަކީ ރާއްޖޭގައި އާއްމުކޮށް ވިއްކާ ކޮފީއާއި މޫވްއެންޕިކް ކޮފީގެ އަގުގައި ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟

މޫވްއެންޕިކް ރެސްޓޯރެންޓަށް ގޮސް ކޮފީއެއް ބޯލަން އާއްމު މާކެޓުގައި ކޮފީއެއް ބޯލުމާ މާބޮޑު ތަފާތެއް ނެތެވެ. މީގެ އިތުރުން މި ތަނުގައި ކޮފީއެއް ބޯލަން މަޑުކޮށްލަން ހުރި މާހައުލަކީ އެންމެ ފާހަގަ ކުރެވޭ އެއްކަމެވެ. ބޭރުގެ އެހެން ގައުމުތަކުގައި ހުންނަ މޫވްއެންޕިކް ރެސްޓޯރެންޓްތަކުގެ މާހައުލު މިތަނުން ވެސް ލިބޭނެ އެވެ.

ކުޑަ ދަރިފުޅާއެކު މޫވްއެންޕިކްއަށް ގޮސްހުރި މީހަކު ބުނި ގޮތުގައި މޫވްއެންޕިކްގެ ތަފާތަކީ އާއިލާއެއްކޮށް ކޮފީ ބޯލަށް ދާން ފުރުސަތު ލިބިގެން ދިއުމެވެ.

ކުޑަ ދަރިފުޅާއެކު މޫވްއެންޕިކްއަށް ގޮސްހުރި މީހަކު ބުނި ގޮތުގައި މޫވްއެންޕިކްގެ ތަފާތަކީ އާއިލާއެއްކޮށް ކޮފީ ބޯލަށް ދާން ފުރުސަތު ލިބިގެން ދިއުމެވެ.

"މި ތަނުގައި މި ހުންނަނީ އާއިލީ މާހައިލެއް. އެހެން ތަންތަނާ ތަފާތުކޮށް ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭ. އެހެންވެ ކޮފީއެއް ހިފައިގެންވެސް ކުދިންނާއެކު މަޑުކޮށްލެވޭ. އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،" ޒުވާން މަންމަ އެއް ބުންޏެވެ.

ކޮފީއަށް ޝައުގުވެރިވާނަމަ މޫވްއެންޕިކުން ގެނެސްދިން ކޮފީ މި ވަނީ އެންމެ ކަމުދާ އެކަށްޗަށެވެ. އެހެންވެ މޫވްއެންޕިކްގެ މި ކޮފީބޯ ގިނަ ބަޔަކު ބުނަނީ "އައި ލަވް ކޮފީ" އެވެ.