ހަބަރު

ސަރުކާރަށްޓަކައި ލޭ އޮހޮރުވާލަން ތައްޔާރު: ފަލާހު

ދުވަހަކުވެސް އިދިކޮޅު ފަރާތްތަކާއި ނުގުޅޭނެ ކަމަށާއި ސަރުކާރުގެ ދިފާއުގައި އަބަދުވެސް ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އަދި އެ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބުރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ގަދަ އަޑަކަށް މީގެ ކުރިން ވެފައިވާ ފަލާހު ފަހަކަށް އައިސް އެޕާޓީން ބާއްވާ ޖަލްސާތަކާއި އެޕާޓީގެ ގިނަ ހަރަކާތްތަކަކުން ނުފެނި ހުރުމަށްފަހު މިއަދު ވަނީ ޕީޕީއެމްގެ ހަރަކާތްތަކާއި ގުޅުނުކަން އިއުލާން ކުރައްވާފަ އެވެ.

އެގޮތުން ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ޓްވިޓާގައި އާންުމު ކުރި ވީޑިއޯ އެއްގައި ފަލާހު ވިދާޅުވީ، އެނާއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި ދުވަހަކުވެސް ނުގުޅޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑާއި ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތައް، އަޅުގަނޑު ދާނެތޯ ރައީސް ނަޝީދުގެ ފަހަތައް، ރައީސް މައުމޫން ފަހަތައް، ގާސިމް އިބްރާހީމްގެ ފަހަތައް، ދުވަހަކުވެސް އަޅުގަނޑު ކުރާނެ ކަންތައްތަކެއް ނޫން މިއީކީ، އެބޭފުޅުން އަމިއްލަ މަސަލަހަތައްޓަަކައި މުޅި ގައުމު ވީރާނާ ކޮށްލަނީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، މިއަދު މި ތެެދުވަނީ ގައުމަށްޓަކައި ލޭ އޮހޮރުވާލަން ކަމަށާއި މި ސަރުކާރުގެ ދިފާއުގައި ލޭ އޮހޮރުވާލަން ތައްޔާރަށް ހުރި ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ޕީޕީއެމްގެ ހަރަކާތްތަކުން ނުފެނުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން ދަނީ އޭނާ އިދިކޮޅާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ފަތުރަމުންނެވެ.