ކުއްލި ނުރައްކަލުގެ ހާލަތު

ސުއޫދުގެ ސަސްޕެންޝަން އުވާލައިފި

ގާނޫނީ ވަކީލް ހުސްނުއް ސުއޫދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ސުއޫދު ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރުމުންނެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގައި އެންމެ ހަރަކާތްތެރި އެއް ވަކީލެއްގެ ގޮތުގައި ހިމެނޭ ސުއޫދުގެ ސަސްޕެންޝަން މިރޭ އުވާލާފައިވާއިރު އޭނާއާ އެކު އިތުރު 53 ވަކީލަކު އޭރު ސަސްޕެންޑް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.