1 ފެބުރުއަރީގެ އަމުރު

ފުލުހުން ނާޒިމް ވެސް ގެންގޮސްފި

ޖަލު ހުކުމެއް ކޮށް. މިވަގުތު ގޭ ބަންދުގައި ބަހައްޓާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޭ ބަންދުގައި ހުންނަވަނިކޮށް ފުލުހުން އެ ގެއަށް ގޮސް ނާޒިމް ގެންގޮސް ފިއެވެ. ނާޒިމަކީ ޖަލު ހުކުމެއްގައި ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ގެންދިޔަ ތަނަކާއި ގެންދިޔަ ސަބަބެއް އަދި ނޭނގެ އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.