1 ފެބުރުއަރީގެ އަމުރު

އިބުރަތް ހާސިލް ނުކޮށްފިނަމަ މާޒީ އިއާދަ ވާނެ: ރައީސް ވަހީދު

Feb 7, 2018
17

މާޒީން ފިލާވަޅު ހާސިލު ނުކުރެވިއްޖެ ނަމަ އެ މާޒީ އަލުން އިއާދަ ވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މި މޭރުމުން އެއްޗެއް ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް އައި ފެބުރުއަރީ 7 ގެ ހަނދާންތައް އާ ކުރައްވާ ފޭސްބުކްގައި މިއަދު ލިޔުއްވި މެސެޖެއް މެދުވެރިކޮށެވެ. -- މިއަދަކީ ފެބުރުއަރީ 7 ވަނަ ދުވަހެވެ.

ރައީސް ވަހީދު ވިދާޅުވީ ދިވެހިން ބޭނުންވަނީ ނަފުރަތާއި ހަމަނުޖެހުމާއި ހަރުކަށި ގޮތްތައް ހިމެނޭ ސިޔާސީ ނިޒާމެއް ނޫން ކަމަށެވެ. ރާއްޖެ އާއި ދިވެހިން ބޭނުންވަނީ އެންމެން ބައިވެރިވާ އެންމެނަށް އިތުބާރު އޮންނަ ނިޒާމެއް ކަމަށެވެ. ސުލްހަ އާއި އަމާން ތަނަކަށް ރާއްޖެ ހެދޭނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

ފެބުރުއަރީ 7 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. ވެރިކަމުން ވަކިވެ ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ވަނީ ސިޔާސީ ކަންކަމުން އެކަހެރިވެ ވަޑައިގެންފަ އެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގައި އުނދަގޫ އަދި ހިތްދަތި ތަޖުރިބާތަކެއް ކުރައްވާފަ އެވެ.