ކުޅިވަރު

ޓީސީއެލްގެ ބްރޭންޑް އެމްބެސެޑަރަކަށް ނޭމާ

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކް ބްރޭންޑް ޓީސީއެލްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ނޭމާ ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ޓީވީ އުފައްދާ ބްރޭންޑް ކަމަށްވާ ޓީސީއެލްގެ ބްރޭންޑް އެމްބެސެޑަރަކަށް ޓީސީއެލް ހަމަޖެއްސިއިރު، ނޭމާއަށް ސްޕޮންސާއިން ލިބޭ އާމްދަނީގެ ބޮޑު ބައެއް މިހާރު ހިއްސާކުރާނީ ޓީސީއެލްގެ ވިޔަފާރި އެވެ.

ސްޕެއިންގެ ޕީއެސްޖީ އަށް ކުޅެމުންދާ ކުޅަދާނަ ކުޅުންތެރިޔާ ނޭމާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ.

ޓީސީއެލް ބްރޭންޑުގެ ޓީވީ ރާއްޖެ އެތެރެކޮށް ވިއްކަނީ އެސްޓާސްއިންނެވެ. އެ ފިހާރާގައި ޓީސީއެލް ޓީވީގެ އެކި ސައިޒުތަކުގެ ޓީވީ ލިބެން ހުރެ އެވެ. އަދި އެސްޓާސްގެ އޮންލައިނުން މި ބާވަތްތައް ގަންނަންވެސް ލިބޭނެ އެވެ.