ހަބަރު

ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

މިހިނގާ 1439 ވަނަ އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މިހިނގާ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ( އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް) އެމިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ފޮތް ވިއްކާނެ ކަމަށެވެ. ޕްރޮޕޯސަލް ފޮތް ވިއްކާނީ 35000 ރުފިޔާ އަށެވެ.

ހައްޖު ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ އަންގާރަ ދުވަހު މެންްދުރު ފަހު 1.00 ގައެވެ. ޕްރީބިޑް މީޓިންގައި ބައިވެރި ވެވޭނީ އެހައިތަނަށް ޕްރޮޕޯސަލް ގަނެފައިވާ ކުންފުނިތަކަށެވެ. ޕްރޮޕޯސަލްތައް ހުޅުވާނީ މިހިނގާ ފެބްރުއަރީ މަހުގެ 22 ވާ ބުރާސްފަތި ދުވަހުއެވެ. ޕްރޮޕޯސަލްތައް ކަނޑާނީ ޕްރޮޕޯސަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި " 1439 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި " މިހެން ލިޔަންވާނެ ކަމަށެވެ.