ގުޅިފަޅު

ގުޅިފަޅު 1 ގެ ފެނާއި ނަރުދަމާ ހޮޅި ވަޅުލާނެ ބަޔަކު ހޯދަނީ

Feb 10, 2018

ގުޅިފަޅު، ފޭސް އެކެއްގައި ގާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

ފެން ކުންފުނިން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވާން ފައިސާ ދައްކާ ފަރާތްތަކަށް އެކަންނި ކަމަށެވެ. ބީލަން ފޮތް ވިއްކަނީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން 14 ފެބުރުވަރީ ފެން ބިލްޑިންގުގެ ދެވަނަ ފަންގިފިލާގަައި އޮންނާނެ އެވެ. ބީލަން ފޮތް ދޫކުރާނީ 15 ފެބުރުއަރީގަ އެވެ.

މި ބީލަމުގެ ފަހި ބައްދަލުވުން ބާއްވަނީ 19 ފެބުރުއަރީ ގައެވެ. ބިލަން ހުށަހެޅުން އޮންނާނީ 26 ގައެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 10000ރ. ހުށައަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނަނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ އެވެ.