ވިޔަފާރި

މޫވްއެންޕިކް ދިވެހިންނަށް މީރުވާ ހަތް ސަބަބު!

Feb 13, 2018
3

މަޝްހޫރު "މޫވްއެންޕިކް" ގެ ފްރެންޗައިޒެއް ރާއްޖޭގައި ހުޅުވުން ވެގެން ދިޔައީ "އައިސްކިރިމީ" އަށް ލޯބި ޖެހިފައި ތިބި މީހުންނަށް ލިބުނު ކޮޅުން ނުލާވަރުގެ ބޮޑު އުފަލެވެ. ތިރީގައި އެ ވަނީ ދިވެހިންނަށް މޫވްއެންޕިކް މީރުވާ ހަތް ސަބަބެވެ.

ސުވިޒަލޭންޑުގެ އޮރިޖިނަލް

އައިސްކްރީމް ބޯމީހުންނަށް ސުވިޒަލޭންޑޭ ބުނުމުން އެނގޭނެ އެވެ. އޮޅުވައެއް ނުލެވޭނެ އެވެ. ސަބަބަކީ މި އައިސް ކްރީމުގެ ތަފާތު ކަމެވެ. މި ބްރޭންޑް ހާއްސަ ވަނީ ވެސް ސުވިޒަލޭންޑަށެވެ. މިއީ އޮރިޖިއަލް ކުންފުނީގެ ރެސްޓޯރެންޓެވެ.

ސުވިސް އައިސް ކިރިމީގެ ފިނިކަން

އައިސް ކްރީމް ބޯން، މޫވްއެންޕިކަށް ގޮސް ބޭނުންވަނީ ކޮންއެއްޗެއް ތޯ ވިސްނާލާށެވެ. ބޭނުމީ ޗޮކްލެޓް ފްލެވާއެއް ހެއްޔެވެ؟ ނޫނީ ވެނީލާ އާއި ޗޮކްލެޓް މިކްސްއެއް ހެއްޔެވެ؟ ނުވަތަ ސްޓޯބެރީ ހެއްޔެވެ؟ މި ހުރިހާ ރަހައެއް ވެސް ވަކިވަކިނާއި އެއްކޮށް ވެސް މޫވްއެންޕިކުން ލިބޭނެ އެވެ. ސުވިޒް އައިސްކްރީމްގެ ސަޅި ކަމަކީ މި އެވެ.

ޖާގަ ފުރިހަމަ، އަރާމުކަން

މޫވްއެންޕިކަށް ގްރޫޕު އެއްކޮށް ދިއަޔަސް ވަރިހަމަ އެވެ. ނޫނީ ވަކިން ދިޔަޔަސް ހަމަ އޯކޭވާނެ އެވެ. ނޫނީ ދާނީ، އާއިލާއާއެކު ކުދިން ގޮވައިގެން ހެއްޔެވެ؟ ނޫނީ ދެ ލޯބިވެރިން އެކުގައި ހެއްޔެވެ؟ މި ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ މި ހުރިހާ ބަޔަކަށްވެސް ފިޓުވާ ގޮތަކަށެވެ. ކޮންފަޓަބަލްކޮށް އިށީނދެލައިގެން ތިބެވޭނެ ޖާގަ މޫވްއެންޕިކްގައި ހުންނާނެ އެވެ.

ގެއަށް ވެސް ގެންދެވޭނެ!

ފަހަރުގައި މޫވްއެންޕިކަށް ގޮސް އައިސްކްރީމް ބޯން ބޭނުން ނުވެދާނެ އެވެ. ނޫނީ ޕާޓީއަކަށް މޫވްއެންޕިކް އައިސް ކްރީމް ބަހައްޓަން ބޭނުންވެދާނެ އެވެ. އެގޮތަށް ބޭނުންވާނަމަ މި އައިސްކްރީމް ގަނެލައިގެން ވެސް ގެންދެވޭނެ އެވެ.

ދިގު މެނޫ

"މޫވްއެންޕިކް" އަކީ މިހާރު ހަމައެކަނި އައިސް ކިރިމިއެއް ކާލަން ހިތުލައިގެން ދާންވާނެ ތަނެއް ނޫނެވެ. އެތަނުގެ މެނޫ ފަރުމާކޮށްފައިވަނީ އައިސް ކްރިމް ބޯންދާ މީހުންނަށް އެހެން ބާވަތްތަކަށް ވެސް އިންސާފުކޮށްދެ ވޭހާ ފުރިހަމަ ކޮށެވެ. އެ ތަނުން މޫވްއެންޕިކްގެ މީރު ކޮފީ ވެސް މިހާރު ލިބެން ހުރެ އެވެ.

އުފަލުން ފޮޅޭނެ

ހިނިތުންވުމާއެކު ދެވޭ، ހިދުމަތް ގިނަ ދުވަހު ހިތުން ނުފިލައި ހުންނާނެ އެވެ. މޫވްއެންޕިކް މޯލްޑިވްސް ރެސްޓޯރެންޓުވެސް ފައްކާކޮށްފައިވަނީ މިގޮތަށެވެ. ދިވެހިންވެސް ހިމެނޭ ގޮތަށް މޫވްއެންޕިކްގައި ގިނަ ތަމްރީން ދީފައިވާ ދިވެހި މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ހަފުތާ ބަންދުގައި ދާންވީ

މޫވްއެންޕިކް އަށް ދާންވީ ހަފުތާ ބަންދުގަ އެވެ. ހަފުތާ ބަންދުގައި މުޅިއާއިލާއާއެކު ދާން މިއަށްވުރެ ރަނގަޅު ތަނެއް ނެތެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހާއްސަ ގިނަ ބާވަތްތައް ހުންނަ މޫވްއެންޕިކްގެ އީދު ފެންނާނީ ހަފުތާ ބަންދުގަ އެވެ.