ވިޔަފާރި

އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ

Feb 14, 2018

މިދިޔަ މަހު ރާއްޖެ އެތެރެކުރި އަދި ރާއްޖެ އިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކުރީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު 474 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެކްސްޕޯޓް ކުރީ 445 މިލިއަން ރުފިޔާގެ މުދަލެވެ. އަދި އިމްޕޯޓް ޑިއުޓީއާއި ފީތަކުގެ ގޮތުގައި މިދިޔަ މަހު 276 މިލިއަން ރުފިޔާ ލިބުނުއިރު، މި އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 23 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑުންނެވެ.