ހަބަރު

މެންބަރު މަހުލޫފާއި މުހައްމާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ( މުހައްމާ) މިރޭ ހައްޔަރުކޮށްފިއެވެ.

އެ ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ މިރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ މުޒާހަރާގެ ތެރެއިންނެވެ.

ދެ މެމްބަރުން ހައްޔަރުކުރިކަން ކަށަވަރު ކުރެވިފައިވީ ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ. އެހެންވެ އެބޭފުޅުން ހައްޔަރު ކުރީ ކޮން ތުހުމަތަކަށް ކަމެއް އަދި ނޭނގެއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަަށް ގޮވާލައި އިދިކޮޅު މީހުން ކުރާ މުޒާހަރާތަކަށް ކޮންމެ ދުވަހަކު ވެސް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން މިނިވަންް ކުރަން ވެސް އަންގާފައިވާ އެ އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އެ އަމުރަކީ ބަޣާވާތެއް ކަމަށް ސިފަކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެބޭފުޅުންނާއި ކުރީގެ ރައީސް މައުމޫނަށް ސަރުކާރުން ކުރަނީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން އުޅުނުކަމުގެ ތުހުމަތެވެ.