ވިޔަފާރި

ޓީ-ބިލާއި ޓީ-ބޮންޑުގެ އައުޓްސްޓޭންޑިން އަށް ކުޑަ އިތުރުވުމެއް

Feb 17, 2018
3

ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ދޫކޮށްފައިވާ ޓީ-ބިލާއި ޓީ-ބޮންޑުގެ އައުޓްސްޓޭންޑިން މިދިޔަ އަހަރު އެއް ޕަސެންޓް އިތުރުވެއްޖެ އެވެ. އައުޓްސްޓޭންޑިންއަކީ ސަރުކާރުން ވިއްފައިވާ ސެކިއުރިޓީތަކުގެ ތެރެ އިން
މުއްދަތު ހަމަނުވާތީ އަނބުރާ ދައްކާފައިނުވާ އަދަދެވެ.

އެމްއެމްއޭ އިން ނެރެފައިވާ ޖެނުއަރީ މަހުގެ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ (ޓްރެޝަރީ ބިލް އަދި ޓްރެޝަރީ ބޮންޑްގެ) އައުޓް ސޭޓންޑިން އަދަދަކީ 4.23 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ޓީ-ބޮންޑުގެ އައުޓް އައުޓްސޭޓިންގެ އަދަދު 546 މިލިއަން ރުފިޔާ އިތުރުވުން ކަމަށެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި ޓީ-ބިލްގެ އައުޓްސްޓޭންޑިން އަދަދު 362 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ.

"ޓްރެޝަރީ ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓްރެޝަރީ ބިލްތަކުން ބައެއް ޓްރެޝަރީ ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެންނެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު ދަށްވެފައިވަނީ ބޭންކުތަކުން އިންވެސްޓްކޮށްފައިވާ އަދަދު ފާހަގަ ކޮށްލެވޭ މިންވަރަކަށް ދަށްވުމާއި ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންތަކުން ވެސް ޓީ-ބިލުގައި އިންވެސްޓް ކުރި އަދަދު ދަށްވުމުން ކަމަށެވެ. ނަމަވެސް އެހެން މާލީ އިދާރާތަކުން ޓީ-ބިލަށް އިންވެސްޓް ކުރި އަދަދު އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އަހަރު ދުވަހަށް ބަލާއިރު ޓީ-ބިލްގެ އައުޓްސްޓޭންޑިން ވަނީ ހަތަރު ޕަސެންޓް އިތުރު ވެފައެވެ. މީގެމައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ޓްރެޝަރީ ބޮންޑުގައި އިންވެސްޓްކޮށްފައިވާ އަދަދު 0.4 މިލިއަން ރުފިޔާ ދަށްވިނަމަވެސް ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައި އަދަދު 9.819 މިލިއަން ރުފިޔާ އިތުރުވުމެވެ. ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވެފައިވަނީ އެހެނިހެން މާލީ އިދާރާތަކާއި ވިޔަފާރި ބޭންކުތަލިމް ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައިވާ އަަދަދު އިތުރުވުމުންނެވެ.