ހަބަރު

އެންމެ އަނިޔާވެރި ވެރިޔަކީ ރައީސް ޔާމީން: ގާސިމް

Feb 16, 2018
13

ދިވެހިރާއްޖެ ދުށް އަދި އަޑުއެހި އެންމެ އަނިޔާވެރި ވެރިޔަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަކީ ދޮގު ހައްދަވައި އަނިޔާވެރިކަމާއެކު ކަންކަން ކުރައްވާ ވެރިއެއް ކަމަށާއި ގާނޫނު އަސާސީ އާއި ދީނަށް ބެލުމެއްނެތި ކަންކުރައްވާ އެހެން ވެރިއެއްގެ އަޑު އަހާފައި ވެސް އަދި ދެކެފައިވެސް ނުވާ ކަމަށެވެ.

ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓް

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް މިހާރު ހުންނެވީ ބޭސް ފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން ޖަރުމަންވިލާތަށް ވަޑައިގެންންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ގާސިމްގެ ދޮށީ ދަރިކަލުން ސިޔާދް ގާސިމް ވަނީ ފުލުހުން ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ.