ހަބަރު

ބޯކޮށް ވާރޭ ވެހި ގދ. ރަތަފަންދޫގައި ފެންބޮޑުވެއްޖެ

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެންވަދެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެރަށުގައި ފެންބޮޑުވުމުން ފެން ހިންދުމަށް ޓަކައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،

ރޭ މެންދަމުން ފެށިގެން ގދ.ރަތަފަންދޫއަށް ވަނީ ބޯކޮށް ވާރޭވެހި ފައެވެ. އެހެންވެ ފެން ބޮޑުވެ އެރަށުގެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދު ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިގޮތުން އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވާއިރު މި ދެ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުނެވެ. އަދި އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖައްސައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ