ހަބަރު

ޕާކިސްތާނުން ޗައިނާއަށް ދިން ބަނދަރުގެ ކައިރިން އީރާނުގެ ބަނދަރެއް އިންޑިއާއަށް

ޕާކިސްތާނުން ޗައިނާއަށް ކުއްޔަށްދީފައިވާ ގަވްދާރް ބަނދަރާ ކައިރީގަައިވާ އީރާނުގެ ބަނދަރެއްގެ ކޮންޓްރޯލް އިންޑިއާއަށް ދީފިއެވެ.

ޕާކިސްތާނުގެ ގަވްްރާދު ބަނދަރާ 90 ކިލޯމީޓަރު ދުރުގައިވާ ޗާބަހާރު ބަނދަރުގެ ހިންގުން 18 މަަސް ދުވަހަށް އިންޑިއާއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ދެގައުމުން އިއްޔެ ސޮއިކުރީ އީރާނުގެ ރައީސް ހަސަން ރޫހާނީއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރޫހާނީ އިންޑިއާއަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. އަދި އެދަތުރުފުޅު އިއްޔެގައި ވަނީ ނިންމަވަލައިލައްވާފައެވެ.

އިންޑިއާއާއި އީރާނުން އިއްޔެ ސޮއިކުރ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ކޮންޓްރޯލް ލިބުނު ޝާހިދުބެހެޝްތު ބަނދަރު ތަރައްގީކުރުމުގެ މަސްކަތް އިންޑިއާއިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެބަނދަރު ތަރައްގީކުރަން 85 މިލިޔަން ޑޮލަރު ހަރަދު ކުރާނެ ކަމަށް އިންޑިއާއިން ކުރިންް ވަނީ ބުނެފައެވެ. ނަމަވެސް އެ މަސައްކަތް މިހައިތަނަށް ކުރިއަށް ގޮސްފައި ވަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. މިފަހަރު ސޮއިކުރި އެއްބަސްވުމަކީ ޝާހިދުބެހެޝްތު ބަނދަރު ކުއްޔަށް ހިފުމުގެ އެއްބަސްވުމެކެވެ.

ޕާކިސްތާނުގެ ގަވްދާރު ބަނދަރު ޗައިނާއަށް ކުއްޔަށް ދިނުމުން އިންޑިއާއިންް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންްނެވެ. އަދި އީރާނުގެ ޗާބަހާރު ބަނދަރު އިންޑިއާއިން ކުއްޔަށް ހިފީ ގަވްދާރުގައި ޗައިނާއިން ކުރަމުން އަންނަ މަސައްކަތްތައް ބަލައި، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.


އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޑިއާއަށް ކުރެއްވި ދަތުރުފުގައި ދެގައުމުން ޖުމްލަ ނުވަ އެއްބަސްުވުމެއްގައި ސޮއިކުރިއެެވެ. އޭގެ ތެރެގައި ވިޔފާރީގެ ދާއިއާރާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންޔައް ހިމެނެއެވެ.

ރޫހާނީ އަރިހުގައި ހުންނަވައި މޯދީ އިއްޔެ ދެއްވި ބަޔާނުޔައި ވިދާޅުވީ ޗާބަހާރު ބަނދަރުގެ ފައިދާ ދެގައުމަށް ވެސް އެންމެ ފުރިހަމަައަށް ލިބޭނެ މަގު އިންޑިއާއިންް ތަނަވަސް ކުރާނެ ކަމަށެވެ.