ނަމަވެސް އޭނާގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް ނިންމައި މިސްރުން ވަނީ ކަފާލާތުގެ ދަށުން ފަހުމީ މި އަހަރުގެ ކުރީކޮޅު ދޫކޮށްލައިފަ އެވެ.
ފަހުމީގެ މައްޗަށް ޖަލު ހުކުމެއް އިއްވިއިރު މިސްރުގެ ވެރިކަމަށް އެގައުމުގެ އަސްކަރިއްޔާ ވެރިވެގަނެގެން ހިންގި ހާއްސަ ހަރަކާތްތަކުގައި އަލް ޖަޒީރާގެ އިތުރު ދެ ނޫސްވެރިޔަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ފަހުމީ އާއި މި ދެ މީހުން ވެސް 400 ދުވަސް ވަންދެން މިސްރުން ބަންދުކޮށްގެން ގެންގުޅުނެވެ.
ކަފާލާތުގެ ދަށުން އަނެއް ދެ ނޫސްވެރިން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މުސްލިމް ބްރަދަހުޑާ ގުޅިގެން ދޮގު ޚަބަރު ފަތުރައި ގައުމު ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތު ފަހުމީގެ މައްޗަށް އޮތްއިރު އޭނާ މިހާރު ބުނަމުން ދަނީ އަލް ޖަޒީރާ އަކީ ހަމައެކަނި ވަކި ފަރާތަށް ޖެހިފައިވާ ނިއުސް ނެޓްވޯކެއް ނޫން ކަމަށާއި އެމީހުންނަކީ ސީދާ މުސްލިމް ބްރަދަހުޑުގެ ސްޕޮންސަރުން ކަމަށެވެ.