ހަބަރު

އަނިޔާވި ނޫސްވެރިޔާ ހުސައިން އިތުރު ފަރުވާއަށް ލަންކާއަށް ފޮނުވައިފި

ހުކުރުދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާވި ނޫސްވެރިޔާ ހުސައިން ހަސަންއަށް އިތުރު ފަރުވާދޭން ލަންކާއަށް ފޮނުވާލައިފިއެވެ.

ކުޑަ އިރުކޮޅެއް ކުރިން ރާއްޖެޓީވީން ބުނީ ހުސައިން ލަންކާއަށް ފުރުވާލީ އޭނާގެ އެތެރެ ހަށްޓަށް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ.

ހުސައިން މިއަދު ލަންކާއަށް ފުރުމަށް އެއާޕޯޓަށް ގޮސް، އިމިގްރޭޝަނުން ނިމިގެން މަތިންްދާބޯޓަށް އަރަން ދަނިކޮށް އޭނާ ހުއްޓުވަން ފުލުހުންގެ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރާއްޖެޓީވީން ބުންޏެވެ. އޭނާއާ ހަވާލުވެގެން ދަތުކުރި މީހާ ރާއްޖެ ޓީވީއާ ވާހަކަ ދައްކަމުން ބުނީ ހުސައިން ހިފެހެއްޓުމަށް ފަހު ދޫކޮށްލީ ބައެއް މުއައްސަސާތަކަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް ފަހު ކަަމަަށެވެ.

ނޫސްވެރިޔާ ހުސައިންް ހަސަން އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ކުރަން ފެށީ އޭނާ ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންގެ އިދާރާގަސި ބައިންދާފައި އިންދާ ހާލުބޮޑުވެގެންނެވެ. ނަމަވެސް ހުސައިންއަށް އަނިޔާވީ ގޮތް ފުލުހުން އަދިވެސް ސާފެއް ނުކޮށްދެއެވެ.