ހަބަރު

1 ފެބްރުއަރީ އަމުރު ވަގުތުން ތަންފީޒުކުރޭ: އިންޑިއާ

ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ދަންމަން ނޫޅެ، ސުޕްރީމްކޯޓުން މިފެބްރުއަރީމަހުގެ ފުރަތަަމަ ދުވަހު ނެރުނު އަމުރު މިހާރުން މިހާރަށް ތަންފީޒުކުރަަން އިންޑިއާއިން ގޮވާލައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެކެއް ފެބްރުއަރީގެ އަމުރު އޭގެ ދެލިގަނޑާ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

"ކުއްލި ހާލަތު ނިމުމަކަށް ގެނެސް ޑިމޮކްރަޓިކް މުއައްސަސާތަކަށް ޝަރުއީ ދާއިރާ ވެސް ހިމެނޭ ގޮތަށް ދެފުށް ފެންނަ ގޮތަށް މިނިވަންކަމާއެކު ގާނޫނު އަސާސީގައިވާ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ. ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު އޮތް ގޮތަށް އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ،" ބަޔާނުގައި ބުނެފައި ވެެއެވެ.

އިންޑިއާގެ މިފަހަރުގެ ބަޔާނުގައި ބޭނުންކޮށްފައި ވަނީ ޑިޕްލޮމެޓިކް ގޮތުން ބޭނުންކުރާނެ އެންމެ ހަރުކަށި އިބާރާތްތަކެެވެ. އެގޮތުން ކުރީގެ ބަޔާންތަކާ ހިލާފަށް އިންޑިއާއިން ރާއްޖެއަށް ޑިމާންޑް ކުރާ ކަންތައްތަކުގައި ބުނެފައި ވަނީ ' ކުރަން ޖެހޭނެ' މި އިބާރާތެވެ.

ޑިމޮކްރަސީގެ މަގަށް ރާއްޖޭން އަަވަހަށް ރުޖޫއަވާން ވެސް ވަނީ ގޮވާލާފައެވެ.