ހަބަރު

ރާއްޖެ ސަރަހައްދުގައި ބޭރުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ނޫޅޭ: ޑިފެންސް

ރާއްްޖޭގެ ސަރަހައްދުގައި ބޭރުގައުމެއްގެ ހަނގުރާމަަމަތީ އުޅަނދުތަކެއް ހަރަކާތްތެރިވަމުން ނުދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެއަށް ނުފޫޒުފޯރުވަން ހިތްވަރު ލިބޭ ފަދަ މުއާމަލާތްތައް ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ބުނީ ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދުވަސްވަރެއްގައި ގައުމީ ސަލާމަތަށް ނުރައްކާވެ، މިނިންކަމަށް ބުރޫ އަރާފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

" ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގައުމެެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެެރިނުވާކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މައްސަލައިގައި އިންޑިއާއާއި ޗައިނާގެ އަރައިރުމެއް އުފެދިފައި ވަނިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ޗައިނާގެ މަނަވަރުތަކެއް ފޮނުވާފައިވާ ކަމަށް ބައެއް ބޭރުގެ ބައެއް މީޑިއާތަކުން މިއަދު ހަބަރު ފެތުރިއެވެ. ނަމަވެސް ރާއްޖެގެ ސަރަހައްދަށް އެ މަނަވަރުތައް އައިސްގެން އުޅޭ ކަމަކަަށް ނުވަތަ ނޫން ކަމަކަށް އެނޫސްތަކުން ނުބުނެއެވެ.