ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފި

Feb 20, 2018

ބޭންކް އޮފް މޯލްޑިވްސްެ (ބީއެމްއެލް) އިން އައްޑޫގައި ކުރާ އިންވެސްޓްމަންޓް ފުޅާ ކުރުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެ އޭޓީއެމް ގާއިމްކޮށް ހިދުމަތަށް ގެނެސްފި އެވެ.

ބޭންކުން ބުނީ މި އޭޓީއެމްތައް ގާއިމް ކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށް ދިނުމަށް އެ ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ.

މި ދެ އޭޓީއެމް ގާއިމް ކުރުމުން އައްޑޫ ސިޓީގައި އެޓީއެމްތައް މެދުވެރިކޮށް ފަސޭހަ ކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އައްޑޫގައި އިތުރު ދެ އޭޓީއެމްގެ ޚިދުމަތް މިއަދު ހިދުމަތަށް އައުމަކީ ލިބޭ އުފަލެއް ކަމަށާއި އެއާޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި މި ގާއިމް ކޮށްފައިވާ މި އޭޓީއެމްތަކުން ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިިނަ ފަރުދުންނަށާއި އާއިލާތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސާވިސް ބޭންކިން ސެންޓާ، 95 އޭޓީއެމް، 4900 ޕީއޯއެސް މަޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ ހިދުމަތް ފުޅާކޮށް ފަސޭހަ ކުރުމެވެ.