އިލެކްޝަންސް ކޮމިޝަން

އީސީގެ ސެކެޓްރީ ޖެނަރަލް އިސްތިއުފާ ދެއްވައިފި

އިލެކްޝަން ކޮމިޝަން، އީސީގެ ސެކެޓްރީ ޖެނަރަލް އަހުމަދު އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ކުއްލި ގޮތަކަށް އަހުމަދު އަލީ އިސްތިއުފާ ދެއްވިކަން ޔަގީންވި ނަމަވެސް އޭގެ ސަބަބެއް ސާފެއް ނުވެ އެވެ.

ކޮމިޝަންގެ ސެކެޓްރީ ޖެނަރަލް މިއަދު އިސްތިއުފާ ދެއްވިއިރު އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ސެކެރެޓްރީ ޖެނަރަލް އިސްތިއުފާ ދެއްވިިއިރު 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ފަސް ފަނޑިޔާރުގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ އަމުރުކޮށްފަ އެވެ. އޭރު އިލެކްޝަން ކޮމިޝަނުން ވަނީ އެ މެންބަރުންގެ ގޮނޑިތައް ގެއްލިފައިވާ ކަމަށް އިއުލާންކޮށް ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ.

ބައި އިލެކްޝަން އިއުލާންކޮށް އެކަމަށް ބަޖެޓް ހޯދުމަށްފަހު ވެސް ގާނޫނުގައި ބުނާ މުއްދަތުގައި ކޮމިޝަނަށް އިލެކްޝަނެއް ނުބޭއްވުނެވެ.

މިހާރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާމެދު ހިތްހަމަ ނުޖެހިގެން ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް ދުަސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެހެންވެ، އެ 12 މެންބަރުން މަޖިލީހަށް ނުވައްދަން އިލެކްޝަން ކޮމިޝަނާއި މަޖިލީހަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.