ސްޕެޝަލް އޮޕަރޭޝަން ފުލުހުންގެ ކުރީގެ ކޮމާންޑަރުކަން ކުރެއްވި ސައިފް ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު ކުރި އިރު އެސްއޯގެ ޓީމަކުން މިރޭ ވަނީ ސައިފް ދިރިއުޅޭ ގ. ކިނބިމާގޭއަށް ގޮސް އެ ގެ ބަލައި ފާސް ވެސް ކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންގެ ވެހިކަލެއްގަ އެވެ.
މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން އެ ގޭގައި ގިނަ ވަގުތުތަކެއް ހޭދަ ކުރި އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ވަކި ސަބަބެއް ސާފެއް ނުވެ އެވެ.
އެސްއޯގެ ކޮމާންޑަރުގެ މަގާމުގައި ސައިފް ވަކިކޮށްފައި ވަނީ ކުރީގެ ކޮމިޝަނާ އަހުމަދު އަރީފް މަގާމުން ވަކި ކުރުމަށްފަހު އެވެ. ނަމަވެސް އޭނާ އަދިވެސް ހުންނެވީ ފުލުހުންގެ ވަޒީފާގަ އެވެ.