ހަބަރު

ދެ ފުލުހަކު ހައްޔަރު ކޮށްފިން: ޝިފާން

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިރޭ ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު ހިއްސާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން މިހެން ވިދާޅުވި އިރު މިރޭ ވަނީ އެސްއޯ ފުލުހުންގެ ކުރީގެ ކޮމަންޑާ ސައިފް ވެސް ހައްޔަރުކޮށްފަ އެވެ. ސައިފް ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގޭޔަށް މިރޭ ފުލުހުން ގޮސް އެގެ ބަލާ ފާސް ކުރުމަށް ފަހުގަ އެވެ. ސައިފްގެ އިތުރުން ދެން ހައްޔަރު ކުރީ ކޮން ފުލުހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.