ފިނިޕޭޖް

ގޯލްޑަން މައިކާއެކު 4 ބައިވެރިން ވިދާލި، ގަދަ 16 ހޮވައިފި

ތިއޭޓާ ރައުންޑުގެ ފައިނަލް ބުރު ބާއްވާ ޕިއާނޯ ރައުންޑަށް ދާ ގަދަ 16 ބައިވެރިން ހޮވައިފި އެވެ. ރޭގެ ޝޯގައި ބައިވެރިން ހުށަހަޅާ ދީފައި ވަނީ ސޯލޯ ޕާފޯމަންސްތަކެކެވެ.

ލަވަ ހުށަހަޅާ ނިމުނުތަނުން އޮން ދަ ސްޕޮޓްގައި ހަތަރު ބައިވެރިޔަކަށް ގޯލްޑެން މައިކް ވެސް ރޭގައި ދީފައިވެ އެވެ. ގޯލްޑަން މައިކް ކާމިޔާބު ކުރުމުން އެ ބައިވެރިންނަށް ގަދަ 16 ގެ ޖާގަ ވަގުތުން ކަށަވަރުވި އެވެ.

ރޭގެ ޝޯގައި ގޯލްޑެން މައިކް އެންމެ ފުރަތަމަ ގެންދިއައީ އޮޑިޝަނުން ވެސް ގޯލްޑެން މައިކް ހޯދި އައިމިނަތު ސައިނާ އެވެ. ގޯލްޑެން މައިކް ހޯދި އިތުރު ބައިވެރިންގެ ތެރޭގައި އިބްރާހިމް ޝަމީލް، ހަސަން ޝަހުދާން، އަދި ރައިހާން ހިމެނެ އެވެ.

އެލިމިނޭޝަނުން ގަދަ 16 ކަށަވަރުވި އިތުރު ބައިވެރިންނަކީ ސަލްވާ އާއި މައީޝާ އާއި އިޝާމް އާއި މުނާޒް އާއި އަޒަލް އާއި އިޝާން އާއި ޝާން އާއި ނިޝްފާ އާއި ނަޒިހް އާއި ނައުޝާދު އާއި މުރްޝިދު އަދި ތަސްލީމް އެވެ.

ސިއްހީ ސަބަބުތަކަށްޓަކައި އެއް ބައިވެރިޔަކު ވަނީ ރޭ ޝޯއިން ވަކިވެސް ވެފަ އެވެ. އެއީ މާލޭ އޮޑިޝަނުން ތިއޭޓާ ރައުންޑަށް ދަތުރުކުރި އަހްމަދު ލައިސް އާސިމް އެވެ.

ގަދަ 16 ބައިވެރިންނާއެކު ޕައާނޯ ރައުންޑު އަންނަ ހުކުރު ދުވަހުގެ ރޭ ފަށާފަނެ އެވެ. ޕިއާނޯ ރައުންޑުން ގަދަ 12 ބައިވެރިން ހޮވުމަށްފަހު އެންމެފަހު އަދި ބޮޑު ރައުންޑުކަމަށްވާ ގާލާ ރައުންޑު ފާށާނެ އެވެ.