ހަބަރު

ވައި ގޮޅީ ތެރެއަށް ވެއްޓުނު ބިދޭސީއަކު ބޮޑެތި އަނިޔާއާއެކު ކޯމާގައި

ހުޅުމާލޭގެ ފްލެޓެއްގެ ވައި ގޮޅިއެއްގެ ތެރެއަށް ބިދޭސީއަކު ވެއްޓި، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. އޭނާ މިވަގުތު އޮތީ ކޯމާއެއްގަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ އޮފީހުން ބުނީ، ފްލެޓްގެ ވައި ގޮޅި ތެރެއަށް ވެއްޓި އަނިޔާވި އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނިމަށް ފަހުވެސް ހާލު ސީރިއަސް ކަމުން މިހާރު މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ވައިގޮޅިއަށް ވެއްޓުމާއެކު މިއަދު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ފުރަތަމަ ގެންގޮސްފައިވަނީ ހެނދުނު 11:40 އެހާކަންހާއިރު އެވެ.

ބިދޭސީ އެމީހާ ފްލެޓްގެ ފަސް ނަމްބަރު ފްލެޓްގެ ހަތަރު ވަނަ ބުރިން އެ ފްލެޓްގެ ވައިގޮޅީގެ ތެރެއަށް ވެއްޓުމުގެ ސަބަބުން އޭނާގެ ކަަރަށާއި މޭމަތީގެ ކަށިތަކާއި އަތަށް ވެސް ބޮޑެތި އަނިޔާ އާއި ޒަހަމްތައް ލިބިފައި ވެއެވެ.