ފުލުސް އިދާރާގެ ސުޕެޝަލް އޮޕަރޭޝަންގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.
އޭނާ ވަޒީފާއިން ވަކި ކުރި އިރު އޭނާގެ ފުލުސް ރޭންކަކީ އިނިސްޕެކްޓާ ކަމެވެ.
އިއްޔެ އޭނާ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެނެވެ. އޭގެ ކުރިން އޭނާ ހައްޔަރު ކުރި ސަބަބެއް އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުން އަހުމަދު އަރީފު ވަކި ކުރުމާއެކު ސައިފު ވެސް ވަނީ އެސްއޯ ކޮމާންޑަރުކަމުން ވަކިކޮށްފަ އެވެ. އޭނާ ނޫނަސް ބައެއް ފުލުހުން ވަނީ މިދިއަ ދުވަސްތަކުގައި ހައްޔަރު ކޮށްފަ އެވެ.