ވެމްކޯ

އިތުރު ތަންތަނުން މާލޭގައި ފައިސާ ދެއްކޭނެ ގޮތް ވެމްކޯއިން ހަދައިފި

Feb 27, 2018

ކުނި މެނޭޖް ކުރުމުގައި ލުޔެއް ދިނުމުގެ ގޮތުން ބިލަށް ފައިސާ ދެއްކޭނެ އިތުރު ފަސް ތަނެއް މާލޭގައި ހަމަޖައްސައިފި އެވެ.

ވެމްކޯއިން މިއަދު ބުނީ ބުނީ އެ ކުންފުނީގެ ކަސްޓަމާ ފްރޮންޓް އޮޕީސްތަކުން ބިލަށް ފައިސާ ބަލައިގަތް ކަމުގައި ވިޔަސް ކަސްޓަމަރުން ކިޔޫގައި ނުޖެހި ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހެދުމުގެ ގޮތުން މާލޭގެ އިތުރު ފަސް ތަނަކުން މިހާރު ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެއީ އެލްމޯބައިލް 1 އާއި ޔޫފޯން އާއި ސްމާޓް މޮބައިލް އާއި މޮބައިލް ވޯލްޑާއި މެޖެސްޓިކް މޮބައިލްސް އެވެ.

ކުނި މެނޭޖް ކުރުމުގެ ހިދުމަތް މާލޭ ސިޓީ އާއި ދެކުނުގެ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެމްކޯއިން މިހާރު ފޯރިކޮށް ދެއެވެ. އެ ހިދުމަތް ވީހާވެސް ލުއިކޮށް ފޯރުކޮށް ދިނުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާގައި ކަސްޓަމާ ފްރޮންޓް އޮފިސްތަކެއް ހުޅުވައި އެ ތަންތަން މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތް ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ސާފު ކުރުމުގެ ހިދުމަތް ވެސް ދެއެވެ.