ރާއްޖޭގެ ހިއްސާގެ ބާޒާރު ނުވަތަ "މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި" ލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގު ނުވަތަ 16.12 ބިލިޔަން ރުފިޔާ އަށް އަރާފައިފި އެވެ. ހިއްސާގެ ބާޒާރުގެ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން 16.12 ބިލިއަން ރުފިޔާ އަށް އެރިކަން އިއުލާނުކޮށްދެއްވީ ސްޓޮކް އެކްސްޗޭންޖުން ހޮޓެލް ޖެންގައި ރޭ ބޭއްވި 10 ވަނަ އަހަރީ ޖަލްސާގައި ޗެއާމަން އަލާއު އަލީ އެވެ.
މި ޖަލްސާގައި އަލާއު ވިދާޅުވީ މާކެޓު ކެޕިޓަލައިޒޭޝަން މި އަހަރުގެ ޖެނުއަރީ މަހު އުޅެނީ 15.4 ބިލިޔަން ރުފިޔާގައި ކަމަށާއި މި އަދަދަކީ 2008 ވަނަ އަހަރު ސްޓޮކް އެކްސްޗޭންޖުގެ ފެށުނު އިރާ ބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފުރަތަމަ ހިއްސާގެ ބާޒާރު ފެށިގެން އައިއިރު ހަރަކާތްތެރިވީ އެންމެ ހަތަރު ކުންފުނި ކަމަށާއި އޭރު ހިއްސާގެ ބާޒާރުގެ އަގަކީ 2.9 ބިލިޔަން ރުފިޔާ ކަމަށެ އޭނާ ވިދާޅުވި އެވެ.
"ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް މަރުހަބާ ކިޔަން. މިއީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކާމިޔާބީ އެއް،" ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަލާއު ވިދާޅުވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ ހިއްސާގެ ބާޒާރު ފުޅާ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްއީ) ގެ ސީއީއޯ އައުޝަން ލަތީފް ވަނީ ގިނަ ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރަން ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އަމާޒަކީ ލިސްޓް ލިސްޓުކުރާ ކުންފުނިތަކުގެ އަދަދު ދެ ގުނަ ކުރުން ކަމަށެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރު ތަފާތު ދާއިރާތަކުން 9 ކުންފުންޏެއް ހަރަކާތްތެރިވެ އެވެ. މީގެތެރޭގައި މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އުރީދޫ ވެސް ހިމެނެ އެވެ.