ހަބަރު

އެސްޓީއޯގެ މަސްލަހަތު ގެއްލޭނެ ވާހަކަ ނުފަތުރަން އެދިއްޖެ

Mar 1, 2018
8

އެސްޓީއޯ އާއި އެ ގްރޫޕްގެ ވިޔަފާރީގެ ބައިވެރިންނާއި އިންވެސްޓަރުންނާއި ރެގިއުލޭޓިން އޮތޯރިޓީތަކުގެ އިތުބާރު ގެއްލޭގޮތަށާއި އެސްޓީއޯ ގްރޫޕްގެ މަސްލަހަތުތަކަށް ގެއްލުން ލިބޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުންޏާ ބެހޭ ގޮތުން އެފަދަ ދައްކާ، ފެތުރުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ އެސްޓީއޯއަކީ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ، ރައްޔިތުންނަށް މުހިއްމު، ގިނަ ޚިދުމަތްތަކެއް، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށާއި އެސްޓީއޯއަކީ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެސްޓީއޯއިން މުޢާމަލާތުކުރާ ގިނަ ބައިނަލްއަގުވާމީ ކުންފުނިތަކާއި ބޭންކްތަކުގެ ރިކުއަމަންޓާއި އެއްގޮތަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.