ހައްޖުގެ އަޅުކަން

މި އަހަރު ހައްޖަށް ފޮނުވުމުގެ ހުއްދަ ފަސް ޕާޓީއަކަށް

Mar 1, 2018
4

މި އަހަރު އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ބުނީ މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން ހުއްދައަށް އެދުނު ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދީފައިވާނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށާއި ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ

މީގެ އިތުރުން މި އަހަރު ރާއްޖެއިން ދެން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައި ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށެވެ.

ހައްޖު ކޯޕަރޭޝަން ފިޔަވައި ހުރިހާ ކުންފުންޏަކަށް ވެސް ދީފައި ވަނީ 100 ކޯޓާ އެވެ. އެއީ މީހަކަށް 69965 ރ. ގެ މަގުން ފައިސާ ނަގައިގެން ހައްޖަށް ގެންގޮސްދޭ ގޮތަށެވެ. ހައްޖު ކޯޕަރޭޝަނަށް ދީފައި ވަނީ ކިތައް ކޯޓާ ކަމެއް ހާމައެއް ނުކުރެ އެވެ.