ޖުމްހޫރީ ޕާޓީ

ޖޭޕީގެ ކޮންގްރެސް ކޮމިޓީ ބައްދަލުވުމެއް ބާއްވައިފި

Mar 1, 2018
1

ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން އުފައްދާފައިވާ ކޮންގްރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާއިފި އެވެ.

ޖޭޕީގެ ގައުމީ ޖަލްސާ ބޭއްވުމާ ގުޅޭގޮތުން ކޮންގްރެސް ކޮމިޓީ އުފައްދާފައިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އޭނާ ހުންނަވަނީ ޖަރުމަނު ވިލާތުގަ އެވެ.

ގާސިމް އުފެއްދެވި އެ ކޮމިޓީގެ ޗެއާ އަކަށް އަބުދުﷲ ކަމާލުއްދީން ހަމަޖައްސާފައިވާއިރު ޗެއާގެ ނައިބް އަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބުދުﷲ މައުސޫމެވެ.

މިއީ ގައުމީ ޖަލްސާ ބޭއްވުމާއި ގުޅޭގޮތުން އެޕާޓީން ބޭއްވި ފުރަތަމަ ބައްދަލު ވުމެވެ.