އޭސީސީ

މާމިގިލި އެއާޕޯޓްގެ މުއްދަތު 99 އިތުރުކުރީ ރަނގަޅަށް: އޭސީސީ

ވިލާ ކުންފުނިން އދ. މާމިގިލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމުގައި ކޮރޮޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން އިން އެ މައްސަލަ ނިންމާ އަންމުކޮށްފައި ވަނީ އެ ކޮމިޝަނުން މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ނިންމާފައިވާ މައްސަލަތަކުގެ ރިޕޯޓުގަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ މާމިގިލީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް، ވިލާއާއެކު ސަރުކާރާއެކު އޯގަސްޓް 22، 2001 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މިއްދަތު 99 އަހަރަށް އިތުރު ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރިއިރު އެކަމުގައި ކޮރަޕްޝަން ގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުމުގައި އެފަދަ ކުށެއް ނުހިމެނޭ ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި، ވިލާއާ އިން ތަރައްގީ ކޮށްފައިވާ މާމިގިލީ އެއާޕޯޓް ހިންގަން 99 އަހަރަށް އެ ކުންފުންޏަށް ދިނުމަށް މުއްދަތު އިތުރުކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިކޮނޮމިކް ކޮމިޓީން ފާސް ކުރުމަށް ފަހު އެވެ.