ހަބަރު

ޝާހިދާއި ލަތީފު ދޫކޮށްލައިފި

Mar 3, 2018
6

އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖީދީމަގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ދޫކޮށްލައިފިއެވެ.

ޝާހިދާއި ލަތީފު ދޫކޮށްލީ މިއަދު ހަވީރު އެވެ. އެ ދެބޭފުޅުންނާއެކު އިއްޔެ ދެން ހައްޔަރު ކުރީ މަޖިލީހުގެ ދި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒެވެ. އޭނާ ދޫކޮށެއް ނުލަ އެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ ވަކީލުންނަށް އަންގާފަ އެވެ.

ޝާހިދާއި ލަތީފް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެނެވެ.