ވިޔަފާރި

ރަޝިއާގައި ރާއްޖެ އިޝްތިހާރު ކުރަން 27 ކުންފުނި ފުރަނީ

Mar 4, 2018
3

ރަޝިއާގައި ބާއްވާ ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް (މިޓް) ގައި ބައިވެރިވާން 27 ކުންފުނި ފުރަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު މާކެޓު ކަމަށްވާ ރަޝިއާގައި ބާއްވާ މިޓް 2018 ގައި ބައިވެރިވާ ކުންފުނި ތަކަށް މައުލޫމާތު ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގައި މިއަދު ވަނީ މައުލޫމާތު ދިނުން ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ރަޝިއާގައި މުހިންމު މާކެޓެއް ކަމަށާ، މި ފެއާގައި ރާއްޖެއަށް ރަނގަޅު އެކްސްޕޯޝާއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އިންޑަސްޓްރީގެ ހުރިހާ ފަރާތް ތަކެއް ގުޅިގެން މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާއަކީ ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށާ، އެ ގައުމުގައި ރާއްޖޭގެ ޕީއާކު ކުންފުންޏެއް ވެސް ހަރަކާތެރިވާ ކަމަށެވެ.

މިޓް 2018 މި އަހަރު އޮތީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އެކްސްޕޯ ސެންޓަރު ފެއާ ގްރައުންޓުގައި މިމަހުގެ 14 އިން 16 އަށެވެ. ރަޝިއާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މި އަހަރު އަށް، ރިސޯޓަކާއި 15 ޓްރެވަލް ކުންފުނި ބައިވެރިވެ އެވެ.

ރަޝިއާއިން މިދިޔަ މަހު 9,595 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 6,874 މީހުންނާ އަޅާ ބަލާއިރު 39.6 ޕަސެންޓް އިތުރުވުމެކެވެ.