މިއުޒިކް

އީމް ނިޒާމްގެ އާ ލަވައެއް ނިކުންނަނީ

ލަވަކިޔުންތެރިޔާ އަދި މޮޑެލް އީމް ނިޒާމް، އާ ލަވައެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.

އިނގެރޭސި ބަހުން އީމް ކިޔާފައިވާ މި ލަވައިގެ ނަމަކީ "ފަޔާފްލައި" އެވެ. މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އީމްގެ ކުރީގެ ލަވަތަކާއި އެއްގޮތަށް މި ލަވައިގައިވެސް ރީތި ވީޑިއޯއެއް ފެނިގެންދާނެ އެވެ.

މި ލަވައަކީ އީމްގެ އަޑުން އިވިގެންދާނެ 10 ވަނަ ލަވަ އެވެ. އޭނާގެ އަޑުން ލަވައެއް އިވިގެން ނުދާތާ މިހާރު އަހަރެއްވެފައިވާއިރު، މި ލަވަ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށް އީމް ބުންޏެވެ.

"ވަރަށް ދުވަސްވެއްޖެ އީމްގެ ލަވައެއް ރިލީޒްނުކުރާތާ. އުއްމީދުކުރަން އެންމެނަށްވެސް ކަމުދާނެ ކަމަށް." އޭނާ ބުންޏެވެ.

އީމްގެ އަޑުން އެންމެފަހުން އިވިގެންދިޔަ ލަވަ "ނެޗުރަލީ ޕްލޭފުލް".

އީމްގެ އަޑުން އެންމެފަހުން އިވިގެންދިޔައީ 2016 ވަނަ އަހަރު ނިކުތް ލަވަ "ނެޗުރަލީ ޕްލޭފުލް" އެވެ.

ބުރާސްފަތި ދުވަހު އާ ލަވަ ޔޫޓިއުބަށް އަޕްލޯޑު ކުރާނެ އެވެ.