ސްރީލަންކާ

ބާރުގެ ބޭނުންކޮށް ހަމަނުޖެހުން ހުއްޓުވަން ސިރިސޭނާ އަމުރު ކުރައްވައިފި

Mar 8, 2018
3

ސްރީލަންކާގައި ހަމަ ނުޖެހުން ހިންގާ އަދި އެކަމަށް ވާގިވެރިވާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ބޭރުގެ ބޭނުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ރައީސް މައިތުރިޕާލާ ސިރިސޭނާ އަމުރު ކުރައްވައިފިއެވެ. އެ މަނިކުފާނު އަންގަވާފައި ވަނީ "ބޭނުންކުރެވެން އޮތް އެންމެ ބޮޑު ބާރެއް" އެކަމާ ދެކޮޅަށް ބޭނުންކުރުމަށެވެ.

ސްރީލަންކާގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވެ އެ ގައުމުގެ ބުޑިސްޓުން ދަނީ މުސްލިމުންގެ ވިޔަފާރިގެ ތަކާއި ބައެއް މިސްކިތްތަކަށް ގެއްލުންދެމުންނެވެ. އެހެންވެ މުޅި ގައުމަށް 10 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ ބައެއް ސަރަހައްދުތަކަށް ކާފިއުވެސް ވަނީ ނެރެފަ އެވެ. މީގެ އިތުރުން ވަރުއަރާފައިވާ ހަމަ ނުޖެހުންތައް ކޮންޓްރޯލްކޮށް ހުއްޓުވަން ސަރުކާރުން ވަނީ ސިފައިންނާއި ފުލުހުން މަގުތަކަށް ނެރެ ސަލާމާތީ ވަރުގަދަ ފިޔަވަޅުތައް އަޅާފަ އެވެ. އަދި ހަމަނުޖެހުމަށް މަގުފަހި ވެދާނެ ކަންކަން ހުއްޓުވުމުގެ ގޮތުން ސޯޝަލް މީޑީއާގެ ވަސީލަތްތައް ވަނީ 72 ގަޑި އިރަށް ހުއްޓުވާފަ އެވެ.

ލަންކާގެ 21.2 މިލިއަން މީހުންގެ އާބާދީގައި ހިމެނޭ ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު އަބަދުވެސް އޮންނަ ނުތަނަވަސްަން މިފަހަރު ހަމަޖެހުމަށް ބަދަލުވެ ވަރުއެރީ ސޯޝަލް މީޑިއާގައި ބުޑިސްޓުން ފެތުރި ވީޑިއޯއަކާ ގުޅިގެންނެވެ. ބުޑިސްޓުން އާއްމު ކުރި އެވީޑިއޯއިން ދިން މެސެޖަކީ ބުޑިސްޓުންނަށް ގެއްލުންދޭން ވެގެން މުސްލިމުންގެ ފިހާރަތަކުން ވިއްކާ ކާބޯ ތަކެއްޗަށް ވިހަލާ ކަމުގެ ދޮގު ތުހުމަތުގެ މެސެޖެކެވެ. އެ ވީޑިއޯ ދައުރުވުމާ އެކު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ލަންކާގެ އިރުމަތީ ޕްރޮވިންސްގެ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކުގައި ހުޅު ޖެހުމުގެ އަމަލުތައް ހިންގި އެވެ.

އެ ހަމަ ނުޖެހުންތައް ފަހުން ދެކުނުގައިވާ ކެންޑީއަށް ވެސް ވަނީ ފެތުރިފަ އެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ދެމީހަކު މަރުވި އިރު ގިނަ ފިހާރަތަކަކާއި މިސްކިތްތަކަަކަށް ވަނީ ގެއްލުންދީފަ އެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އެ ގައުމުގައި ތިބި ދިވެހިންނަށް ސަރުކާރުން ވަނީ އިރުޝާދުތަކެއް ދީފައެވެ. ލަންކާ ސަރުކާރުން މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހި އާއިލާތަކާ ރާއްޖޭގައި ތިބި އެ އާއިލާތަކުގެ މެންބަރުންނާ މުއާސަލާތު ކުރުމުގައި މިވަގުތު ވަނީ ދަތިވެފަ އެވެ.

ލަންކާގެ އާބާދީގެ 7:2 ޕަސެންޓަކީ ބުޑިސްޓުންނެވެ. އަދި 12.6 ޕަސެންޓަކީ ހިންދޫންނެވެ. 9.7 ޕަސެންޓަކީ މުސްލިމުންނެވެ. ދެން ހިމެނެނީ ކްރިސްޓިއަނުންންނެވެ. މަސްހުނި ދީންތަކުގެ މީހުންނެވެ.