މޯލްޑިވްސް ޕޮލިސް ސާވިސް

އެމްޑީޕީގެ އޮފީހުން ތިން މީހަކު ހައްޔަރުކޮށްފި

Mar 8, 2018

އިދިކޮޅު އެމްޑީޕީ އޮފީހަށް ފުލުހުން ވަދެ އެ އޮފީހުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީހުން ހައްޔަރު ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން މުހައްމަދާއި ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) އެވެ.

އެ މީހުން ހައްޔަރު ކުރި ސަބަބެއް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެސްއޯއީގެ ދަށުން ކަމަށެވެ. އެސްއޯއީގެ ދަށުން މިހާތަނަށް ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.