ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއވާ ކުރިޔަށް ގެންދަނިކޮށް ފުލުހުން ދިއުމުން ޖަލްސާ މެދު ކަނޑައިލުމަށްފަހު ކުއްލި ގޮތަކަށް ވޯޓަށް އަހައި ކުއްލި ނުރައްކަލުގެ ހާލަތު ގެ މުއްދަތު ނިމުމުން މުޒާހަރާ ބާއްވަން ފާސްކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގު، ހެންވޭރު އާޓިފިޝަލް ބީޗް ކައިރީ ހުންނަ ހަރުގޭގައި އެމްޑޕީ ގައުމީ މަޖިލީހުގެ ޖަލްސާ ފެށުމާއެކު އެ ސަރަހައްދަށް މިރޭ ވަނީ ފުލުހުން ގޮސްފައެވެ. އަދި އޭގެފަހުން އެސްއޯ ފުލުހުން ގިނަ އަދަދަކަށް ހަރުގެ ކައިރީގައި ހަރަކާތްތެރިވަމުން ގޮސް ސައުންޑް ބޭނުން ނުކުރުމަށް އިންޒާރު ކުރި އެވެ.
ނަމަވެސް ދޭތެރެ ދޭތެރެއިން އަޑު ބޭނުން ކުރަން ފެށުމާއެކު ފުލުހުން އިތުރަށް އިންޒާރު ކުރުމާއެކު އިއުލާން ކުރީ ޖަލްސާ ވަގުތީ ގޮތުން މެދުކަނޑައިލީ ކަމަށެެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ވޯޓަށް އަހައި ކުއްލި ގޮތަށް ފާސް ކުރީ މާދަމާ ބާއްވަން ރޭވި މުޒާހަރާ ނުބާއްވާ ގޮތަށް ނިންމާ އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ބޮޑު މުޒާހަރާއެއް ބާއްވާށެވެ.
ގައުމީ މަޖިލިސް ނިންމާލުމާއެކު އެ ސަރަހައްދަށް ގޮސްތިބި މީހުންތައް ވަނީ އެތަން ދޫކޮށް ގޮސްފައެވެ. ނ