މާލޭގެ އަމަން އަމާންކަން ނަގާލުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި މިއަދު ހެނދުނު ހައްޔަރު ކުރި އަހްމަދު ޝާހިދު (ސާބެ) ދިރިއުޅޭ ގެ ބަލައި ފާސްކޮށްފި އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އެވެ.
ސާބެ ހެނދުނު އެމްޑީޕީގެ އޮފީސްތެރެއިން ހައްޔަރު ކުރި ނަމަވެސް އޭނާގެ ގެ ބަލައި ފާސް ކުރީ މިރޭގަ އެވެ. ފާސް ކުރީ އޭނާވެސް ގެއަށް ގެނެސްގެނެވެ.
ފުލުހުންގެ މިރޭ ބުނެފައި ވަނީ މާލޭގައި ހަމަނުޖެހުން ހިންގައި ހުޅުޖަހަން ރާވާ ކަމަށާއި އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށް އިތުރު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ހެނދުނު ސާބެއާއެކު ދެން ހައްޔަރުކޮށްފައިވަނީ ހަސަން އަހުމަދާއި އިލްޔާސް ލަބީބާއި ހުސައިން އިލްހާމެވެ.