ވިޔަފާރި

އައިޓީބީގައި ރާއްޖެ އަށް އެވޯޑެއް ދީފި

ރާއްޖެއަށް ލިބުނު އެވޯޑާ އެމްއެމްޕީއާރުސީގެ ފަރާތުން ހަވާލު ވަޑައިގަންނަވަނީ- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ "އައިޓީބީ ފެއާ" ގައި ރާއްޖެއަށް އެވޯޑެއް ދީފި އެވެ.

އައިޓީބީ ކުރިއަށްދާ މާލަމްގައި ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާ ހަވާލު ކޮށްފައިވަނީ ޑީއެސްއައި އިން ދީފައިވާ އެވޯޑެކެވެ. ރާއްޖެއަށް ލިބިފައިވާ އޭޝިޔާގެ ދެ ވަނަ އެވެ.

މި އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ރާއްޖެ އަށް މީގެ ކުރިން ވެސް ވަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.

ބާލިންގެ މެސީ ބާލިން ކޮންވެންސަން ސެންޓަރުގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެ އެވެ. މި އަހަރުގެ އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުލަތައް ފެންނަ ގޮތަކަށެވެ. ފެއާގައި ރާއްޖޭގެ ސަގާފަތާއި ރީތިކަން ދައްކުވައިދެ އެވެ. ރާއްޖޭގެ ސްޓޯލު ފަރުމާކޮށްފައިވަނީ އުނދޯއްޔާއި ޖޯލި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހުންނަ ހުދު ދޮންވެލި ބޭނުންކޮށްގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910