މިއުޒިކް

"އޮޔާ"އެކު ޕެސްޓް އިޒް ބެކް!

ރާއްޖޭގެ މަޝްހޫރު ރެކޯޑް ލޭބަލް، "ސިމްބޮލިކް ރެކޯޑްސް" ގެ ލީޑު އާޓިސްޓް އަދި ދިވެހި ރެޕްގެ ރަސްގެފާނު އިސްމާއިލް އިފްހާމް (ޕެސްޓް) އާ ލަވަޔަކާއެކު އެނބުރާ އަތުވެއްޖެ އެވެ. އެނާއަކީ ސިމްބޮލިކް ރެކޯޑްސްގެ އުފެއްދުމުގެ އެއް ބާނީ ވެސް މެއެވެެ.

ޕެސްޓް އަނބުރި އައީ އެނާގެ ހަޔާތާއި ގުޅުންހުރި ވާހަކަތަކެއް ހިމެނޭ ލަވައަކާއެކު އެވެ. "އޮޔާ" ގެ ނަން ދީފައިވާ އެ ލަވަ މިހާރު ސައުންޑުކްލައުޑް އަދި ލަވަފޮށިން އަޑުއަހާލެވޭނެ އެވެ. ޕެސްޓް، އެނާގެ ހަޔާތުގައި ދިމާވެފައިވާ ބައެއް ތަޖުރިބާތައް އެ ލަވައިގައި ހިއްސާކޮށްފައިވެ އެވެ.

ޕެސްޓުގެ މި އާ ލަވައަށް މިހާރުވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި އޭނާ އެނބުރި އައުމާއެކު އޭނާގެ އަޑުން ލަވައެއް އަހައިލުމަށް ކެއްމަދުވެފައި ތިބި ފޭނުންނަށް ވަނީ ހަމަޖެހުމެއް ލިބިފަ އެވެ.

އަމިއްލަ ލިރިކްސްއަށް ޕެސްޓް ކީ އެ ލަވަ ޕްރޮޑިއުސްކޮށްފައި ވަނީ މަޝްހޫރު މިއުޒިކު ޕްރޮޑިއުސަރު މިސްޓީ އެވެ. އަލްބަމް އާޓް އާއި ޓައިޓަލް ފަރުމާކޮށްދީފައި ވަނީ ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑިރެކްޓަރު އިސްމާއިލް ނާއިލް އެވެ. ލަވައިގެ އަލްބަމް އާޓްގައި ބޭނުންކޮށްފައިވާ ފޮޓޯ ނަގާފައި ވަނީ "ސީ ފްރޮމް ދަ ސްކައި" ގެ ފޮޓޯގްރާފަރު ހަސަން އިޝާން އެވެ.

ފެސްޓްގެ އަޑުން އެންމެފަހުން ލަވައެއް އިވެގެން ދިޔައީ 2013 ވަނަ އަހަރު އެވެ. އޭނާ އަލްބަމް 'މަގުމަތި' އަކީ ރާއްޖޭގައި ނިކުތް ފުރަތަމަ ހިޕްހޮޕް އަލްބަމްވެސްމެ އެވެ.